ޑީއެލްޕީ ޓެކްނޮލޮޖީ

ޑީއެލްޕީ އަކީ ވިޔަފާރި އާއި ގޭގެ ޑިސްޕްލޭތަކުގައި ބޭނުންކުރާ އެންމެ ފަހުގެ ހައި ޕްރެސިޝަން ޕްރޮޖެކްޝަން ޓެކްނޮލޮޖީ އެވެ. ޑީއެލްޕީ ޓެކްނޮލޮޖީގެ ސަބަބުން އެއްވެސް ތަފާތެއް ނެތް އަލިކަމާއި ތަސްވީރު ސާފުކަން ލިބިގެންދެއެވެ.
ޑީއެލްޕީ ބިނާވެފައިވަނީ އޮޕްޓިކަލް ސެމީކޮންޑަކްޓަރެއް ކަމަށްވާ ޑިޖިޓަލް މައިކްރޯމިރޯ ޑިވައިސްއެއް ނުވަތަ ޑީއެމްޑީއެއްގެ މައްޗަށް ކަމަށާއި މިއީ 1987 ވަނަ އަހަރު ޓެކްސަސް އިންސްޓްރޫމެންޓްސްގެ ލެރީ ހޯރންބެކް އީޖާދުކުރި ޑިވައިސްއެކެވެ.
ޑީއެމްޑީ ކްރިސްޓަލަކީ އަލި ޑިޖިޓަލްކޮށް ބަދަލުކުރާ ހައި ޕްރެސިޝަން މެޓްރިކްސް އެއް، އެހެން ގޮތަކަށް ބުނާނަމަ ހައި ސްޕީޑް މައިކްރޯސާކިއުޓެއް ކަމަށާއި، އޭގެ މަތީގައި އަލި ރިފްލެކްޓްކުރާ ގިނަ މައިކްރޯސްކޯޕިކް ލޯގަނޑުތަކެއް އެކުލެވިގެންވާ ކަމަށެވެ. އެތައް މިލިއަން މައިކްރޯސްކޯޕިކް ލޯގަނޑުތަކުގެ އެހީގައި ބިމެއް އުފެދެއެވެ. މިފަދަ ކޮންމެ ލޯގަނޑަކީ ޕްރޮޖެކްޓް ކުރެވޭ ތަސްވީރުގައިވާ އަލިކަމުގެ އެއް ޕިކްސެލް އާއި ދިމާވާ ލޯގަނޑެކެވެ. ޑިޖިޓަލް ސިގްނަލަކާއި ލައިޓް ސޯސްއަކާއި ޕްރޮޖެކްޝަން ލެންސެއް އެކުލެވޭ މި ލޯގަނޑުތަކުން އެންމެ މަތީ ފެންވަރުގެ ވީޑިއޯ އަދި ގްރެފިކްސް ރިޕްރޮޑަކްޝަން ލިބެ އެވެ. ޑިޖިޓަލް ވީޑިއޯ ނުވަތަ ގްރެފިކް ސިގްނަލެއް ޑީއެލްޕީ ސިސްޓަމަށް ވަންނައިރު، ކޮންމެ ޑީއެމްޑީ ލޯގަނޑެއްގެ ދަށުގައި ހުންނަ މައިކްރޯސްކޯޕިކް އިލެކްޓްރޯޑެއް އެކްޓިވޭޓްވެ، ލޯގަނޑު އަލި ލިބޭ ތަނާ ދިމާއަށް ނުވަތަ އިދިކޮޅު ދިމާލަށް އަނބުރާލައެވެ. ލޯގަނޑު އަލި ލިބޭ ތަނާ ދިމާއަށް އަނބުރާލާއިރު، ޕްރޮޖެކްޝަން ލެންސް މެދުވެރިކޮށް އެއް ޕިކްސެލްގެ އަލި ސްކްރީނަށް ރިފްލެކްޓް ކުރެއެވެ. އިދިކޮޅު ދިމާލަށް ތިރިކޮށްލުމުން އަލި ލޯގަނޑުގައި ނުޖެހި، އެއާ ގުޅޭ ޕިކްސެލް ސްޕޭސް އަނދިރިވެފައި ހުރެއެވެ. ކޮންމެ ޑީއެމްޑީ ލޯގަނޑަކީ ސިކުންތަކަށް އެތައް ހާސް ފަހަރު ޓިލްޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ ލޯގަނޑެކެވެ.
އަލި ލޯގަނޑުގައި ޖެހޭ ވަގުތު ތަފާތުކޮށްގެން، އަޅިކުލައިގެ ތަފާތު ޝޭޑްތައް ދައްކާލެވޭނެ އެވެ. އިދިކޮޅު ދިމާލަށްވުރެ ދިގުކޮށް އަލިކަމާ ދިމާއަށް ލޯގަނޑު ތިރިކޮށްފިނަމަ، ފަނޑު އަޅިކުލައިގެ ޕިކްސެލްއެއް ދައްކާއިރު، ސޯސް އާއި ދުރަށް ތިރިވާ ވަގުތު ދިގުވުމުން ގަދަ އަޅިކުލައިގެ ޕިކްސެލެއް ފެންނާނެއެވެ.
މިގޮތުން ޑީއެމްޑީ ލޯގަނޑުތަކުން އަޅިކުލައިގެ 1024 ޝޭޑް ދައްކާލެވޭއިރު، އަލްޓްރާ އެކިއުރެޓް ކަޅު ހުދު ތަސްވީރުތައް އުފައްދާލެވޭނެ އެވެ. ޑިޖިޓަލް ލައިޓް ޕްރޮސެސިންގެ އެންމެ ފަހު މަރުހަލާއަކީ އޭގެ ނަތީޖާއެއްގެ ގޮތުން އުފެދޭ މޮނޮކްރޯމް އިމޭޖް ކުލައަކަށް ބަދަލުކުރުމެވެ. ގިނަ ޑީއެލްޕީ ސިސްޓަމްތަކުގައި ކުލަ އިތުރުކުރަނީ ލައިޓް ސޯސް އާއި ޑީއެމްޑީ މިރޯ ޕެނަލް އާއި ދެމެދު ބަހައްޓާ "ކަލަރ ވީލް" ކިޔާ ލައިޓް ފިލްޓަރެއް ބޭނުންކޮށްގެންނެވެ.
ކުލަ ފުރޮޅުލީ އުޅަނދު އެނބުރޭ ވަރަކަށް ޑީއެމްޑީ މައިކްރޯމިރޯތަކުގައި ރަތް، ފެހި، އަދި ނޫކުލައިގެ އަލި ތަރުތީބުން ވެއްޓިގެންދެއެވެ. މި އަލިކަމުގެ ވިދުވަރުތަކާ ކޮންމެ ލޯގަނޑެއްގެ އެންގްލޭޝަން ކޯޑިނޭޓްކޮށްގެން ސްޓޭންޑަޑް ޑީއެލްޕީ ސިސްޓަމަކުން 16 މިލިއަނަށް ވުރެ ގިނަ ތަފާތު ކުލަ ރިޕްރޮޑަކްޓް ކުރެވޭނެ އެވެ.
މިސާލަކަށް ޕަރޕްލް ޕިކްސެލް އުފެދެނީ ރަތް ނުވަތަ ނޫކުލައިގެ ބީމްއެއް ޖެހުމުން ލޯގަނޑެއް އަލި ލިބޭ ތަނަކާ ދިމާއަށް އަނބުރާލުމުންނެވެ. އިންސާނާގެ ލޮލަށް މި ޕްރައިމަރީ ކުލަތައް އެއްކޮށްލުމުން ޕަރޕްލް ފެނެއެވެ. ސެމްސަންގް ޑީއެލްޕީ ޓީވީތަކާއި ހޯމް ސިނަމާތަކާއި ޕްރޮޖެކްޓަރުތަކުގައި ބޭނުންކުރަނީ އެއް ޑީއެމްޑީ ޗިޕާއި ލެމްޕާއި ކަލަރ ވީލް އަދި ޕްރޮޖެކްޝަން ލެންސް ސިސްޓަމެވެ. މި ސިސްޓަމްތަކުގެ ސަބަބުން ވީޑިއޯ އަދި ގްރެފިކްސް އަށް ކޮންޓްރެސްޓް، ކްލެރިޓީ، އަދި ކަލަރ ސެޗުރޭޝަން އެހެން އެއްވެސް އިމޭޖިންގ ޓެކްނޮލޮޖީތަކަށްވުރެ ބޮޑުވެއެވެ.

ޑީއެލްޕީ ޓެކްނޮލޮޖީ
ޑީއެލްޕީ ޓެކްނޮލޮޖީ
ޑީއެލްޕީ ޓެކްނޮލޮޖީ
ޑީއެލްޕީ ޓެކްނޮލޮޖީ ޑީއެލްޕީ ޓެކްނޮލޮޖީ ޑީއެލްޕީ ޓެކްނޮލޮޖީ



Home | Articles

April 20, 2024 14:14:38 +0300 GMT
0.006 sec.

Free Web Hosting